މިއަދު އެގްރިކަލްޗަރ މިނިސްޓްރީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންގެ ޓީމެއް ވަދެ، ކޮރަޕްޝަންގެ މައްސަލައަކާ ގުޅޭ ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ.
އެނގިފައިވާ ގޮތުގައި، މިއީ އޭސީސީން އިސްނަގައިގެން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހިންގާ ޢަމަލީ މަސައްކަތެކެވެ. އެހެންނަމަވެސް މިއީ ކޮން މައްސަލައަކާ ގުޅިގެން ހިންގާ ތަޙުޤީޤެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ތަޙުޤީޤަކީ ކުރީގެ ސަރުކާރުގެ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅޭ ތަޙުޤީޤެކެވެ. އޭރު އެގްރިކަލްޗަރ މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އޮތީ އެއްކޮށްފައި ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރު ވެރިކަމަށް އައުމާއެކު މި ދެ މިނިސްޓްރީ ވަނީ ވަކިކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި މިވަގުތަށް އޭސީސީން އާންމުކޮށްފައެއް ނުވެއެވެ.