ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ފަނޑިޔާރު ފައިޞަލް އައްޔަންކުރުމަށް ނިންމައިފި

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ފަނޑިޔާރު ފައިޞަލް އައްޔަންކުރުމަށް ނިންމައިފި

ގުޅުންހުރި

ޖުޑީޝަލް ސާވިސް ކޮމިޝަނުން ރޭ ނިންމައިފިއެވެ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އައްޔަންކުރުމަށެވެ. މި ނިންމުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ހާމަކޮށްފައެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލަކީ 2018 ވަނަ އަހަރުން ފެށިގެން ހައިކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރެކެވެ. މިހާރު އިސްފަނޑިޔާރެއްގެ މަޤާމަށް ފައިޞަލް އައްޔަންކުރެވިފައިވަނީ، ކުރިން މި މަޤާމުގައި ހުންނެވި ފަނޑިޔާރު ޙުސައިން ޝަހީދު މި އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވުމާ ގުޅިގެންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ މި ނިންމުމަކީ ޤައުމުގެ ޢަދުލު އިންޞާފުގެ ދާއިރާއަށް އަންނާނެ މުހިންމު ބަދަލެއްކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ