އުކުޅަހުން ޕޮޒިޓިވްވި އިނގިރޭސި ވިލާތުގެ ދެ ފަތުރުވެރިންގެ 3 ކޮންޓެކްޓެއް

އުކުޅަހުން ޕޮޒިޓިވްވި އިނގިރޭސި ވިލާތުގެ ދެ ފަތުރުވެރިންގެ 3 ކޮންޓެކްޓެއް

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 11:27
0

އުކުޅަހުގަައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން، ހެދި ކޮންޓެކްޓް ޓްރައިސިންގެ ތެރެއިން މިހާތަނަށް ދެނެ ގަނެވިފައިވަނީ 3 މީހަކު ކަމަށް އުކުޅަހު ކައުންސިލް ވިދާޅުވެއްޖެއެވެ.

އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ ޕޮޒިޓިވްވި 2 ފަތުރުވެރިންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވަނީ އެ އާއިލާގެ 3 މެމްބަރުން ކަމަށެވެ. އެ އެންމެންވެސް ތިބީ ކަރަންޓީންގައި ކަމަށާއި، ރަށުގެ އެއްވެސް މީހަކާއި ކޮންޓެކްޓް ވެފައި ނުވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށް ގެސްޓު ހައުސްތައް ހިންގުމަކީ އުކުޅަހުން ހާއްސަ ސަމާލުކަމެއްދޭ ކަމެކެވެ. މިންގަނޑުތަކާއި އެއްގޮތަށް ގެސްޓް ހައުސްތައް ހިގުނުމުގެ ނަތީޖާއެއްގެ ގޮތުން އެރަށުން ޕޮޒިޓިވްވި މީހުންނާއި އެރަށުގެ މީހަކާއި ކޮންޓެކްޓު ވެފައި ނުވެއެވެ. އަދި ރަށު ތެރޭގައި މިކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތި، ރަށް މޮނިޓަރިންނަށްވެސް ލާން ނުޖެހޭކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

އިގިރޭސި ވިލާތުން ޗުއްޓީ ހޭދަކުރުމަށް އުކުޅަހަށް ދިޔަ ދެ ފަތުރުވެރިން ޕޮޒިޓިވް ވެފައިވާކަން އެގުނީ ބްރާސްފަތި ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާ ރޭ ލިބުމުންނެވެ. ޕޮޒިޓިވް ވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހެއްކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 5 އަހަރުގެ އަންހެން ކުއްޖަކާއި، 40 އަހަރުގެ ފިރިހެނެކެވެ.

މިދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބަހައްޓައި، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ރަށު ޞިއްޚީ މަރުކަޒުވް ވަނީ އިލްތިމާސް ކޮށްފައެވެ. މި ދެ މީހުންނާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ.

އިނގިރޭސިވިލާތުގައި ކޯވިޑްގެ އާ ސްޓްރެއިންއެއް ފެތުރެމުންދާއިރު، އެޤައުމުން އަންނަ މީހުންނާއި އެޤައުމުގައި ޓްރާންސިޓްވެފައި އަންނަ މީހުންވެސް ކަރަންޓީންވާންޖެހޭގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.