ރައީސް ޞާލިހުގެ ސަރުކާރުގައި އުނި ކަންތައްތަކަށްވުރެ ރަނގަޅު ކަންތައް ގިނަ: ޑރ.އިޔާޒު

ރައީސް ޞާލިހުގެ ސަރުކާރުގައި އުނި ކަންތައްތަކަށްވުރެ ރަނގަޅު ކަންތައް ގިނަ: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 11:07
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ތާއީދުކޮށް، ވާހަކަ ދައްކަނީ ސަރުކާރުގައި އުނިކަންތައްތަކަށްވުރެ ރަނގަޅު ކަންތައް ގިނަ ވުމުން ކަމުގައި އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

މިއަހަރުވެސް އެންމެ އިސްކަން ދޭނީ ރައީސް ޔާމީން މިނިވަންކުރުމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެ އާންމުކޮށްފައިވާ ބަޔާނާއި ގުޅިގެން ޝައިޚު އަލީ ޒައިދު ކުރެއްވި ކޮމެންޓުގައި ބުނެފައިވަނީ މިއަހަރުވެސް އެންމެ އިސްކަން ދޭނީ އިސްލާމްދީން ކުރިއެރުވުމަށްކަމަށްކަމަށެވެ.

ޝައިޚު މިހެން ވިދާޅުވުމާއި ގުޅިގެން ނޫސްވެރިރަކު ވަނީ ރައީސް ޞާލިހުގެ ސަރުކާރުން ރައީސް އޮފީހުގައި ކީރިތި ރަސޫލާއަށް ފުރައްސާކުރި އެމްޑީއެން މީހުން ގޮވައިގެން ރައީސް ޞާލިހު ވެރިކަން ކުރާ އިރު، ދުވާލަކު ތިން ފަހަރު ސަރުކާރަށް ސަނާކިޔައި ހައްދަވަނީ އިސްލާމްދީން ކުރިއަރުވަންތޯ ސުވާލު ކުރައްވާފައެވެ.

މިސުވާލުގެ ޖަވާބުގައި ޝައިޚު ޑރ.އިޔާޒު ވިދާޅުވެފައިވަނީ ސަރުކާރަށް ތާއީދުކޮށް ވާހަކަ ދައްކަވަނީ ސަރުކާރުގައި އުނިކަންތައްތަކަށްވުރެ ރަނގަޅު ކަންތައް ގިނަ ވުމުން ކަމުގައއެވެ. ޑރ.އިޔާޒު ނޫސްވެރިޔާގެ ސީދާ ސުވާލަށް ޖަވާބު ދެއްވާފައި ނުވެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށާއި، އަދި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައެެވެ. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެއް ކަމަށް ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ 2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔެއަށާއި މުޅި ދިވެހިރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރެއް ކަމުގައެވެ. ކޯވިޑް 19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު، މިހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެން ދިޔައީ މިސަރުކާރުގެ ނާގާބިލްކަމާއި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިދިކޮޅު ބަޔާނުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ސަރުކާރު ހިންގަނީ އަންނި އޭނާ އަކީ އެކަހަލަ ވާހަކަ ދައްކާ ކުއްޖެއް ނޫން...ޑެންމާކުގަ އޭނާ ނުދައްކާ ވާހަކަ.ބޯން ޖެހޭ ކަމަށް ވަކާލާތު ވެސް ނުކުރޭ...ދީނާ ޚިލާފު ރިޕޯޓުވެސް ނުނެރޭ އެކަމަށް ތަރުހީބު ވެސް ނުދޭ...އިބޫ އެކަންކަމާ އަޅައެއް ނުލާ........???މޖިލީހުގަ ޤުރުއާން ނުކިޔެވޭ.މިހެން ކިޔަން ބައިވަރު އެބަހުރި.
ރ ރަސް
ރައީސް ޞާލިޙް އެއްވެސް ވަރަކަށް ދީނަށް ކުޑައިމިސް ބަހެއް ވިދާޅުވެފައެއް ނުވޭ. އަދި ރައީސް ޔާމީން ކުރި ވަރާ ގާތަށް ވެސް މި ސަރުކާރުގެ މީހަކު އެފަދަ ބަހެއް ނުބުނޭ.
ޢ ޢަލީ
ރަސް...........ރައީސް ނަޝީދު އަކީ ސަރުކާރު މީހެއްތޯ?މި ސަރުކާރު މިހިންގަނީ އެކަލޭގެ... އިސްލާމް ދީނުގައި ބުނާގޮތް ނޫންގޮތެއް ހޯދަން ބުނެ ޑެންމާކުގަ ވާހަކަ ދެއްކިތޯ? އެއްވެސް އިރަކު ބޯންޖެހޭ ކަމަށް ބުނެ ވަކާލާތް ކުރިތޯ.? ޔާމީނު ކުރި ވައްކަމަށްވުރެ 1000 ގުނަ ވައްކަން ވެސް މިސަރުކާރުން ކޮށްފި.ފުރަތަމަ އައިސް ވެސް ފާޅުގައި އެކި ނަންނަމުގަ ގާތް މީހުންނަށް ސަރުކާރުގައ ހުރި ފައިސާ ބަހާލީ.މިނިސްޓަރުން އެތައް ވައްކަމެއް ކޮށްފި.މިހާރުވެސް ބުރޯ ހެދިފަ ވައްކަން ކުރަމުން ގެންދަނީ. ދެ ސަރުކާރު ވެސް ގޯސް..ތިންވަނަ ވިސްނުމެއް ދެން ބޭނުމީ....
ހ ހުދުހުދު
މިސަރުކާރު ހިންގަނީ އަންނި....ދީނަށް ވަރަށް ޙުރުމަތްތެރިކޮށް ހިތްތަވާ. އާދެ...އާދެ..އަންނިއަކީ ސަރުކާރު މީހެއްނޫން....ޔާންޓޭ ވެސް ބޮޑު ވަގެއް އިބޫ ފާޅުގަ އެކި ނަންނަމުގަ ސަރުކާރު ފައިސާ ފުރަތަމަ ވެސް ބަހާލީ..މިހާރު ބުރޯއެއް ލައްވާ ވައްކަން ކުރަނީ.ވައްކަން ކުރި ބައެއް މިނިސްޓަރުންގެ މަސްއަލަ ވެސް ނުބެލޭ.
އ އަމާން
އަބޫޖަހުލު މެން ފަދަ ބާރާއި އާރު ތަނަވަސްކަން ހުރި މީހުން ފަގީރުންނަށް ކާންދީ ގިނަ މީހުންނަށް އެހީވެ ބައިވަރު ރަނގަޅު ކަންތައް ކުރި......އެކަމަކު އިސްލާމްދީނަށާއި ރަސޫލާ(ޞޢވ)އަށް ފުރައްސާރަ ކުރީ.