ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ހުޅުވާލައިފި

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 10:02
0

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ.

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު މިމަހުގެ 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

މިގޮތުން ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ޕާޓީން އިއުލާންކޮށްފައިވާ ފޯމާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 9 ޖަނަވަރީ 2021 ވަނަ ދުވަހު 14:00 ގެ ކުރިން ޢަދާލަތު ޕާޓީގެ މައި އޮފީހަށް ހުށައެޅުއްވުމަށް ވަނީ ދަންނަވާފައެވެ.

އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެޕާޓީން ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.