ޓްރީ ޓޮޕްގެ ޓީޓީއެޗް ކުލިނިކްގައި ޓެލެމެޑިސިން ޚިދުމަތް ތަޢާރަފްކޮށްފި

ޓްރީ ޓޮޕްގެ ޓީޓީއެޗް ކުލިނިކްގައި ޓެލެމެޑިސިން ޚިދުމަތް ތަޢާރަފްކޮށްފި

Author
ހުސައިން
16 އޭޕްރިލް 2025 08:54
0

ޓްރީ ޓޮޕް ހޮސްޕިޓަލުން މާލޭގައި ހިންގާ ކްލިނިކް، ޓީޓީއެޗް ކްލިނިކުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށް، ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ޓެލެމެޑިސިން ކޮންސަލްޓޭޝަންގެ ޚިދުމަތް އިއްޔެ ތަޢާރަފްކޮށްފިއެވެ.

މި އައު ޚިދުމަތުގެ ސަބަބުން ބަލިމީހުންނަށް ބޯޑު-ސެޓިފައިޑް ފެމިލީ މެޑިސިން ސްޕެޝަލިސްޓުންނާ، ރައްކާތެރި އަދި ފަސޭހަ ވާޗުއަލް ޕްލެޓްފޯމްތަކުން މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ހުރިހާ ޚިދުމަތެއް ވެސް ލިބެންހުންނާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައިޓީޓީއެޗް އެޕް މެދުވެރިކޮށެވެ. މި އެޕް މެދުވެރިކޮށް އޮންލައިން ކޮންސަލްޓޭޝަންތަކާއި ވީޑިއޯ ކޯލްތައް ފަސޭހަކަމާއެކު ކުރެވޭނެއެވެ.

"މުޅި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ މި ޚިދުމަތުން، ވަކިން ޚާއްޞަކޮށް ދުރު ރަށްރަށުގެ މުޖުތަމަޢުތަކަށް އިތުރު ފައިދާތަކެއް ކުރާނެއެވެ،" ޓްރީ ޓޮޕުން ބުންޏެވެ. އަދި "ވާޗުއަލްކޮށް ޚިދުމަތް ދިނުމުގައި ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަތީ ފެންވަރުގެ ކްލިނިކަލް މިންގަނޑުތައް ދެމެހެއްޓޭނެ" ކަމުގައި އެ ފަރާތުން ފާހަގަކުރިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކުރުމާއި، އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއެކު، ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ޞިއްޙީ ދާއިރާގައި ނަން މަޝްހޫރު އެކި ދާއިރާތަކުން ޚާއްޞަވެފައިވާ ޑޮކްޓަރުން މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް ދިނުމެވެ. މީގެއިތުރުން ދިވެހިން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާން ޖެހޭ ސަބަބު މަދުކޮށް، ޚަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.