ޕެންޝަން އޮފީހުން އިޖުތިމާއީ މަޝްރޫއުތަކަށް ޚާއްސަ ގްރާންޓް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޕެންޝަން އޮފީހުން އިޖުތިމާއީ މަޝްރޫއުތަކަށް ޚާއްސަ ގްރާންޓް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ގުޅުންހުރި

ޕެންޝަން އޮފީހުން އިޖުތިމާއީ މަޝްރޫއުތަކާއި ހަރަކާތްތަކަށް ޚާއްސަ ސީއެސްއާރު ގްރާންޓް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިއްޔެ މި ޕްރޮގްރާމް ތައާރަފުކޮށްފައިވަނީ "ދެމެހެއްޓެނިވި އަދި އެކުލެވޭ މުޖުތަމައުތަކެއް ބިނާކުރުން" މި ޝިއާރުގެ ދަށުން ކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދެއެވެ.

އެ ފުރުޞަތުގެ މަގުސަދަކީ ވިލުންތެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިތްވަރުދިނުން ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. މި ޕްރޮގްރާމްގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމާއި ތަމްރީނުދޭ ފަރާތްތަކުން ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށާއި، އަދި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށެވެ.

މި ޕްރޮގްރާމަށް އެދި ހުށަހެޅޭނީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ބޭނުންވާ އެހެނިހެން ލިޔެކިޔުންތަކާއެކު، ކަމާ ގުޅުންހުރި ލިންކަށް ފޮނުވައިގެން ކަމަށް ޕެންޝަން އޮފީހުން ފާހަގަކޮށްފައިވެއެވެ. އިތުރު މައުލޫމާތު ޕެންޝަން އޮފީހުގެ އީމެއިލްއާއި ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެކަމަށް އެ އޮފީހުން ބުނެއެވެ.

ކޮންމެ މަޝްރޫއަކަށް ފަންޑުކުރާނީ ގިނަވެގެން 200,000 ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް ކަމަށާއި، މަޝްރޫއުގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށް ވެސް ޕެންޝަން އޮފީހުން މައުލޫމާތު ދެއެވެ.

ހުށަހަޅާ އެޕްލިކޭޝަންތައް ވަޒަން ކުރުމުގައި ބަލާނީ ޖަމްޢިއްޔާގެ ޤާބިލުކަމަށް 25 ޕަސެންޓް، މަޝްރޫޢު ވުޖޫދަށް ގެނެވޭނެކަމާއި ދެމެހެއްޓެނިވިކަމަށް 30 ޕަސެންޓް، އިޖްތިމާޢީ ގޮތުން، އިޤްތިޞާދީ ގޮތުން ނުވަތަ ތިމާވެށްޓަށް ކޮށްފާނެ އަސަރަށް 25 ޕަސެންޓް، އަދި ބަޖެޓު، ޕްލޭންކުރުން އަދި ވަސީލަތްތައް ބެހުމަށް 20 ޕަސެންޓްއެވެ.

މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 ކަމަށް ޕެންޝަން އޮފީހުން އިއުލާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ