ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލާގައި ޖޭއެސްސީއިން ބޭއިންސާފުން އަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލަނީ

ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލާގައި ޖޭއެސްސީއިން ބޭއިންސާފުން އަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލަނީ

ގުޅުންހުރި

ސަސްޕެންޑް ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއިންސާފުން އަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށް ވަނީ ނިންމާފައެވެ.

ފަނޑިޔާރު އަޒްމިރަލްދާ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އޭނާގެ މައްސަލަތައް ބަލަމުން ގެންދަނީ އަސާސީ ހައްގުތައް ނުލިބޭގޮތަށް، ބޭއިންސާފުން އިޖުރާއަތްތައް ހިންގައިގެން ކަމަށެވެ. އަދި މައްސަލަ ބަލާ ކޮމިޓީގެ ތިން މެންބަރުންގެ މައްސަލަވެސް ބަލައިދިނުމަށް އެދިފައިވެއެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރުގެ ހުށަހެޅުމަށް ތާއީދުކޮށް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވީ ޖޭއެސްސީން ތަހުގީގު ހިންގި ގޮތުގެ ލިޔުންތަކާއި އެ ކޮމިޝަނުގެ ސްޓެންޑަޑް އޮޕަރޭޓިން ޕްރޮސީޖާތައް ހޯދުމަށާއި، ބޭނުންވާ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށެވެ. މި ހުށަހެޅުން ކޮމިޓީން ވަނީ އިއްތިފާގުން ފާސްކޮށްފައެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހަނީފް ނަމަކަށް ކިޔާ ބޭފުޅަކާމެދު ސުޕްރީމް ކޯޓުގައި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަދެއްކެވި މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލައާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ