ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު ނިޔާވެއްޖެ

ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު ނިޔާވެއްޖެ

ގުޅުންހުރި

ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި 2019 ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މަޑުލު މުޙައްމަދު ވަޙީދު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދިގު މުއްދަތެއްގެ އާލާސްކަންފުޅަކަށްފަހު ނިޔާވެއްޖެއެވެ.

އިންޑިއާގައި ކޯހެއް ފުރިހަމަކުރެއްވުމަށްފަހު 1973 ވަނަ އަހަރު ލިޔުންތެރިކަމުގެ މައިދާނަށް ވަދެވަޑައިގެން، ބޭރުގެ ޚަބަރުތައް ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތުން ފެށިގެން ކުރުވާހަކަ، މަޒުމޫނު އަދި ފޮތްލިޔުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް އޭނާވަނީ ދިވެހި އަދަބިއްޔާތަށް ކުރައްވާފައެވެ. "ނުކުޅެދޭ އަސަރު"، "ސަކީނާގެ ހިތްދަތިކަން" އަދި "ފުނޑުފުނޑުވި ހުވަފެން" ފަދަ މަޝްހޫރު ވާހަކަތަކާއި، "ދިރިއުޅުމުގެ ރަހަތައް"، "ޙަޔާތުގެ ހަދިޔާ" ފަދަ ފޮތްތައް ނެރުއްވާފައިވާ ވަޙީދަކީ ޓީވީ އަދި ރޭޑިއޯގެ ޕްރޮގްރާމްތައް ލިޔުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރ ޖެނެރަލްކަން ކުރައްވާފައިވާ ވަޙީދަކީ، ދައުލަތުގެ މީޑިއާގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތުގައި 35 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ އެންމެފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަޤާމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ