އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް އޮގަސްޓް 15 ގެ ކުރިން ބޭއްވުމަށް ފާސްކޮށްފި

އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް އޮގަސްޓް 15 ގެ ކުރިން ބޭއްވުމަށް ފާސްކޮށްފި

ގުޅުންހުރި

ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިން އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް އޮގަސްޓް 15 ގެ ކުރިން ބޭއްވުމަށް ފާސްކޮށްފިއެވެ. ޖަލްސާގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 71 މެންބަރުން ވަނީ މި ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ.

ކޮންގްރެސް ބާއްވާނެ ވަކި ތާރީޚެއް މިރޭގެ ޖަލްސާގައި ކަނޑައަޅާފައިނުވާއިރު، އެ ދުވަހެއް ނިންމާނީ ޕާޓީގެ ލީޑަރޝިޕުންކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ޚާއްޞަ ކޮމިޓީއެއްވެސް މިރޭގެ ޖަލްސާގައި ވަނީ އެކުލަވާލާފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޕާޓީގެ ކޮންގްރެސް ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރުއެވެ. އަދި އާދަޔާ ޚިލާފު ކޮންގްރެސްއެއް ބޭއްވުމަށް ގައުމީ މަޖިލީހުގެ ފާސްކުރުން ހޯދަންޖެހޭކަންވެސް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އިދިކޮޅު ޕާޓީއެއްކަމުގައިވާ އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބާއްވާފައިވަނީ އޯގަސްޓް 2022 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ