މާންދޫގައި ހިނގި އެކްސިޑެންޓެއްގައި މާބައިދޫ ޒުވާނަކު ނިޔާވެއްޖެ

މާންދޫގައި ހިނގި އެކްސިޑެންޓެއްގައި މާބައިދޫ ޒުވާނަކު ނިޔާވެއްޖެ

ގުޅުންހުރި

ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި މާބައިދޫއަށް ނިސްބަތްވާ ޒުވާނެއް ނިޔާވެއްޖެއެވެ. އިބްރާހިމް ނައުޒަމް ނަމަކަށް ކިޔާ މި ޒުވާނާއަކީ، މާންދޫ ބޯޓުގައި ކައްޕިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި، އުމުރުން 35 އަހަރުގެ ޒުވާނެކެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތިސް ވަގުތުގައި، ސައިކަލް ކޮންޓްރޯލް ނުވެ މާންދޫ ބެންޑުގެ ބެޑު ފާރުގައި ޖެހުމުގެ ސަބަބުންނެވެ. އަދޖ އެއީ މާންދޫ ބޯޓުގެ ކައްޕިއަކަށް އުޅޭ މީހެއްކަމަށާއި، އުމުރުން 35 އަހަރުގެ ޒުވާނެއްކަމަށްވެސް އެނގިފައި ވެއެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާއާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ނައުޒަމަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވަނީ ސައިކަލުން ވެއްޓުމުގެ ސަބަބުން ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެންކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިކަމާ ގުޅޭގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މާންދޫ ބެންޑް ސަރަހައްދަކީ މީގެކުރިންވެސް ގިނަ އެކްސިޑެންޓުތަކާއެކު ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ސަރަހައްދެއްކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައި ވެއެވެ.

މިއަދު މާބައިދޫ ޒުވާނަކު ނިޔާވި އެކްސިޑެންޓުގެ އިތުރުން، ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުކުރެވި ވެއްޓިގެން ހިނގި އެކްސިޑެންޓެއްގައި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ