މިރޭ ހުޅުމާލޭ ފޭސް 1 ގެ ކެފޭއެއްގައި ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގާ އެކަކު ހައްޔަރަށް

މިރޭ ހުޅުމާލޭ ފޭސް 1 ގެ ކެފޭއެއްގައި ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގާ އެކަކު ހައްޔަރަށް

Author
ހުސައިން
12 އޭޕްރިލް 2025 06:54
0

ރޭ ހުޅުމާލެ ފޭސް 1 ގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުންގެ ފަރާތުން ލިބުނު މަޢުލޫމާތުގައިވާ ގޮތުން، މި މާރާމާރީ ހިނގާފައިވަނީ ނޭޕާލް އަދި ބަންގްލަދޭޝްގެ ދެ ފިރިހެނެއްގެ މެދުގައެވެ.

މި ހާދިސާގައި ބަންގްލަދޭޝްގެ މީހާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، މި އަނިޔާއަކީ ސީރިއަސް އަނިޔާއެއް ނޫން ކަމަށްވެސް ފުލުހުން ފާހަގަކުރައްވައިފިއެވެ.

މި މައްސަލައާ ގުޅިގެން ނޭޕާލްގެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިރޭ 10:08 ގައި ކަމަށްވެއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިވަގުތު ފުލުހުން ކުރިއަށް ގެންދަވަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.