އިންޓަޕާލަމެންޓަރީ ޔޫނިއަންގެ މުހިންމު މަޤާމުތަކަށް ރާއްޖޭގެ ތިން މެންބަރުން އިންތިޚާބުވެއްޖެ

އިންޓަޕާލަމެންޓަރީ ޔޫނިއަންގެ މުހިންމު މަޤާމުތަކަށް ރާއްޖޭގެ ތިން މެންބަރުން އިންތިޚާބުވެއްޖެ

ގުޅުންހުރި

އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި މިހާރު ކުރިޔަށްދާ އިންޓަޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 150 ވަނަ އެސެމްބްލީގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު އެ ޖަމްޢިއްޔާގެ މުހިންމު މަޤާމުތަކަކަށް އިންތިޚާބުވެއްޖެއެވެ.

އައިޕީޔޫގެ މި ބޮޑު ޖަލްސާގައި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވަނީ ސުލްހައާއި ބައިނަލްއަޤްވާމީ ހަމަޖެހުމާ ގުޅޭ ކޮމިޓީއަށް އިންތިޚާބުވެވަޑައިގެންފައެވެ. އަދި ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ސައިންސްއާއި ޓެކްނޮލޮޖީއާ ގުޅޭ ވޯކިންގ ގްރޫޕަށް ހޮވިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އަންހެނުންނާ ގުޅޭ ޕާލަމެންޓޭރިއަން ބިއުރޯއަށް އިންތިޚާބުވެފައިވާކަން ފާހަގަކުރެވެއެވެ.

އިހުވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައިޕީޔޫގެ އެކި މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެ ތެރޭގައި އެންމެ ފަހުން ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވުނު އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި ފާތިމަތު ސައުދާ ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރެއްވިކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރުއެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް ރާއްޖޭގެ މަޖިލީހުގެ މެންބަރުން އެކި ފަހަރުމަތިން އައިޕީޔޫގެ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެ، ފާހަގަކޮށްލެވޭ މަޤާމުތައް އަދާކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ