ޖަޕާނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފި

ޖަޕާނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފި

Author
ހުސައިން
10 އޭޕްރިލް 2025 08:36
0

ރާއްޖެއަށް އަލަށް އައްޔަންކުރެވުނު ޖަޕާނުގެ ސަފީރު މިސިސް އިޝިގާމީ ރުމިކޯ، އިއްޔެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމްއާ ބައްދަލުކޮށް، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މި ބައްދަލުވުމަކީ އިހްތިރާމުގެ ޒިޔާރަތެއްގެ ގޮތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ދެ ފަރާތުން ވެސް ފާހަގަކުރެއްވީ ރާއްޖެއާއި ޖަޕާނުގެ ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަކަމެވެ. ޓޫރިޒަމް މިނިސްޓްރީން އިތުރަށް ވިދާޅުވިގޮތުގައި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދޭ މުހިންމު ގައުމެކެވެ.

މިނިސްޓްރީން ޔަޤީންކުރައްވާގޮތުގައި މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަކަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.