އުކުޅަހުން ކޯވިޑް 19 އަށް ޕޮޒިޓިވްވީ އެރަށަށް ޗުއްޓީ ހޭދަކޮށްލަން އައި އިނގިރޭސި ވިލާތުގެ 2 ފަތުރުވެރިޔަކު ކަމަށް އުކުޅަހު ކައުންސިލުން ވިދާޅުވެއްޖެއެވެ.
އުކުޅަހު ކައުންސިލް ނައިބް ރައީސް ވިދާޅުވީ މިދެމީހުން ޕޮޒިޓިވް ވެފައިވަނީ އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާއިން ކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހެއްކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 5 އަހަރުގެ އަންހެން ކުއްޖަކާއި، 40 އަހަރުގެ ފިރިހެއް ކަމަށެވެ.
އުކުޅަކު ކައުންސިލުން ވިދާޅުވީ އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މި ދެ ފަތުރުވެރިން ޕޮޒިޓީވް ވުމާއި ގުޅިގެން އޭނައާއި ދިމާވި މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި، ރަށު މަރުކަޒާއި، ކޯވިޑް-19 ގެ ޓާސްފޯސް ކޮމިޓީން ކުރަމުން ދާކަމަށެވެ. މިދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބަހައްޓައި، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ރަށު ޞިއްޚީ މަރުކަޒުވް ވަނީ އިލްތިމާސް ކޮށްފައެވެ. މި ދެ މީހުންނާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ.
އިނގިރޭސިވިލާތުގައި ކޯވިޑްގެ އާ ސްޓްރެއިންއެއް ފެތުރެމުންދާއިރު، އެޤައުމުން އަންނަ މީހުންނާއި އެޤައުމުގައި ޓްރާންސިޓްވެފައި އަންނަ މީހުންވެސް ކަރަންޓީންވާންޖެހޭގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ