އުކުޅަހަށް ޗުއްޓީ ހޭދަކޮށްލުމަށް ދިޔަ 2 ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އުކުޅަކު ކައުންސިލުން ވިދާޅުވީ އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މި ދެ ފަތުރުވެރިން ޕޮޒިޓީވް ވުމާއި ގުޅިގެން އޭނައާއި ދިމާވި މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި، ރަށު މަރުކަޒާއި، ކޯވިޑް-19 ގެ ޓާސްފޯސް ކޮމިޓީން ކުރަމުން ދާކަމަށެވެ. މިދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބަހައްޓައި، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ރަށު ޞިއްޚީ މަރުކަޒުވް ވަނީ އިލްތިމާސް ކޮށްފައެވެ.
މިއީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި 5 ވަނަ މީހާއެވެ.
ކޮމެންޓު ފޮނުވާ