ޕެންޝަން އޮފީހުގެ "ތްރީ ޖެނެރޭޝަން ވޯކް" ގައި އިސްރަށްވެހިންގެ ނާދީ ބައިވެރިވަނީ

ޕެންޝަން އޮފީހުގެ "ތްރީ ޖެނެރޭޝަން ވޯކް" ގައި އިސްރަށްވެހިންގެ ނާދީ ބައިވެރިވަނީ

ގުޅުންހުރި

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ތްރީ ޖެނެރޭޝަން ވޯކް" ގައި އިސްރަށްވެހިންގެ ނާދީން ބައިވެރިވުމަށް ނިންމައިފިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންނަށް މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަނެއް ބޭއްވުނެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހާއި އެލްޑަރލީ ރައިޓްސް އެންޑް ވެލްބީންގ ޑިޕާޓްމަންޓާ ގުޅިގެންނެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހީގެ އިސްރަށްވެހިންގެ ނާދީގައި ބޭއްވުނު މި މަޢުލޫމާތު ސެޝަނުގައި، ހަރަކާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް ރެޖިސްޓްރޭޝަންގެ އިޖުރާއަތުތަކާއި ހަރަކާތް ކުރިއަށްދާނެ ގޮތުގެ ތަފްޞީލު މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

"ތްރީ ޖެނެރޭޝަން ވޯކް" އަކީ ދޮށީ އުމުރުގެ މީހުންނަށް އެމީހުންގެ އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ނަޒަރަކުން ޕެންޝަން އޮފީހުން އިސްނަގައިގެން ރާވާފައިވާ ޚާއްޞަ ހަރަކާތެކެވެ.

އިސްރަށްވެހިންގެ ނާދީގެ ބައިވެރިވުމާއެކު ކުރިއަށްދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ