ލިވަޕޫލް ޓީމު ރާއްޖެ ގެނައުމަށް މަޝްވަރާ ކުރަނީ

ލިވަޕޫލް ޓީމު ރާއްޖެ ގެނައުމަށް މަޝްވަރާ ކުރަނީ

ގުޅުންހުރި

މެޗްތަކެއް ކުޅުމަށް ލިވަޕޫލް ޓީމު ރާއްޖެ ގެނައުމަށް މަޝްވަރާ ކުރަމުންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހާމަކުރައްވައިފިއެވެ، އޭނާ ވިދާޅުވީ ލިވަޕޫލްގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނާއި ވެޓެރަންސް ކުޅުންތެރިން ހިމެނޭ ޓީމުތައް ރާއްޖެއަށް ގެނެސް މެޗުތަކެއް ކުޅުމަށް މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަކަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ، މި ފަހަރުގެ ދަތުރުފުޅުގައި ލިވަޕޫލްގެ އިސްވެރިންނާއެކު މި މަޝްވަރާތައް ކުރެވުނު ކަމަށާއި، މެޗުތައް ކުޅުމަށް ލިވަޕޫލް ޓީމުތައް ރާއްޖެއަށް ގެނައުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ޑިވެލޮޕްމަންޓް ޓީމުތަކަށްވެސް ލިވަޕޫލަށް ގޮސް އެތަނުގައި ޕްރެކްޓިސް ކުރެވޭނެގޮތަށް މަޝްވަރާކުރެވިފައިވޭ. ލިވަޕޫލުން މިހާރުވެސް ބޭނުންކުރައްވާ އެކޮމޮޑޭޝަން އަޅުގަނޑުމެންގެ ޓީމުތަކަށް ދީގެން، ލިވަޕޫލްގައި އެކަން ކުރާގޮތް ދިވެހި ކުދިންނަށް ދަސްކޮށްދިނުމަށްވެސް މަޝްވަރާކުރެވިފައިވަނީ،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ލިވަޕޫލް ޓީމުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ހިންގުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ކުރިއަށްގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިންނެވެ. ވަޒީރު ރާފިޢު ފާހަގަކުރައްވާގޮތުގައި ސްޕޯޓްސް ޓޫރިޒަމަކީ މިހާރުވެސް ރާއްޖޭގައި ކުރިއެރުވޭނެ އެއް ދާއިރާއެވެ. އަދި ދިވެހިރާއްޖޭގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ލިވަޕޫލްގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެނި، އެ ތަޖުރިބާ ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާ ބައްދަލުވުމުގައި ކުޅިވަރާބެހޭ ވަޒީރު ބައްދަލުކުރެއްވީ ލިވަޕޫލް އެކެޑަމީގެ ވައިސް ޕްރެޒިޑެންޓް ޑެނިއަލް ވައިޓް، ސީނިއަރ ޑިވެލޮޕްމަންޓް މެނޭޖަރ އެންޑްރޫ ނިކޮލަސް އަދި ސީނިއަރ ބިޒްނަސް މެނޭޖަރ ރިޗާޑް އައުލްޓްއާއެވެ.​​​​​​​​​​​​​​​​

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ