އެމްއެސްސީ މެގްނިފިކާ ކްރޫޒް ލައިނާ ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު މާލެއަށް ބަނދަރުކޮށްފި

އެމްއެސްސީ މެގްނިފިކާ ކްރޫޒް ލައިނާ ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު މާލެއަށް ބަނދަރުކޮށްފި

ގުޅުންހުރި

އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެން ރާއްޖެއަށް ޒިޔާރަތްކުރި "އެމްއެސްސީ މެގްނިފިކާ" ނަމަކަށް ކިޔާ ކްރޫޒް ލައިނާއަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރަންސް ދީފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިންގޮތުގައި، މި ކްރޫޒް ލައިނާގައި ޖުމްލަ 2,818 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައިވެއެވެ. އޭގެތެރޭގައި 1,866 ފަސިންޖަރުންނާއި 952 ކްރޫއިން ހިމެނެއެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެން މި ކްރޫޒް ލައިނާ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޕެސިފިކް ކަނޑު ހުރަސްކޮށްގެންނެވެ.

މިދަތުރަކީ މިހާތަނަށް ރެކޯޑްކުރެވިފައިވާ ގޮތުގައި ރާއްޖެއަށް އެންމެ ދިގު ދަތުރެއްކޮށްފައި އައި ކްރޫޒް ލައިނާގެ ދަތުރެވެ. ދުނިޔޭގެ ކްރޫޒްލައިނާތަކުގެ މެދުގައި ދިވެހިރާއްޖެއަކީ އެންމެ މަޤުބޫލް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

މިދިޔަ މާޗްމަހުގެ ތެރޭގައި ވެސް "އެމްއެސް ކްރިސްޓަލް ސިންފަނީ" ކިޔާ ކްރޫޒް ލައިނާއެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މި ކްރޫޒް ލައިނާ ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ފަހަރެވެ. އަދި މިއަހަރުގެ ތެރޭގައި މިހާތަނަށް 8 ކްރޫޒް ލައިނާ ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ކްރޫޒް ލައިނާގެ ދަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އައު އަހަރާ ދިމާކޮށެވެ. މި މުނާސަބަތުގައި ރާއްޖެއަށް ބަނދަރުކުރި ކްރޫޒް ލައިނާތަކުން 5,000 އަށްވުރެ ގިނަ ދަތުރުވެރިންނަށް ކްލިއަރެންސް ދެވިފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކްރޫޒް ލައިނާ މާކެޓަކީ ކުރިއަރަމުންދާ ވަރަށް މުހިންމު މާކެޓެއްކަމަށް ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުން ފާހަގަކުރެއެވެ.​​​​​​​​​​​​​​​​

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ