ދޮގު މަޢުލޫމާތު ފެތުރުމުގެ ތުހުމަތުގައި އޭސީސީ ރައީސްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައި ދިނުމަށް ޑރ. އަޒްމިރާލްދާ އެދިއްޖެ

ދޮގު މަޢުލޫމާތު ފެތުރުމުގެ ތުހުމަތުގައި އޭސީސީ ރައީސްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައި ދިނުމަށް ޑރ. އަޒްމިރާލްދާ އެދިއްޖެ

ގުޅުންހުރި

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ދޮގު މަޢުލޫމާތު ދިންކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝަމީލްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައިދިނުމަށް މިއަދު ޕޮލިހުގައި އެދިއްޖެއެވެ.

ޑރ. އަޒްމިރާލްދާގެ ވަކީލު މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް އޭސީސީން ފަށާފައިނުވަނީސް، ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް ބުނެ ޝަމީލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވި މައްސަލަ އާއި ގުޅިގެން މިފަހަރު ފުލުހުންގައި މި މައްސަލަ ހުށަހަޅާފައިވަނީއެވެ. އަދި އަޒްމިރާލްދާއަށް ނުފޫޒު ފޯރުވާފައިވާ މައްސަލައިގައިވެސް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް އެދިފައިވާކަމަށް ވަކީލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަޙްޤީޤީ ރިޕޯޓަށް އަޒްމިރާލްދާގެ ފަރާތުން މިއަދު ވަނީ ރަސްމީ ޖަވާބު ދެއްވާފައެވެ.

ޑރ. އަޒްމިރާލްދާގެ ފަރާތުން ހުށަހެޅި ޖަވާބުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި މައްސަލަ ބެލުމަށް ނިންމާފައިވަނީ އިޖުރާއަތާ ޚިލާފަށްކަމަށާއި، މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށްކަން ހިމެނެއެވެ. އަދި ޖަވާބު ދިނުމާއި ދިފާޢުވުމުގެ ޙައްޤަށް ކޮމިޝަނުން ހުރަސްއަޅާފައިވާތީ، އިޖުރާއީ ގޮތުން ކަންކަން ހުށަހެޅުމަށްވެސް ހުރަސްތަކެއް ކުރިމަތިވިކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ކޮމެޓީގެ ބައްދަލުވުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވަނީ ޤާނޫނީ ހަމައެއް ނެތިކަމަށާއި، ކޮމެޓީގެ ރިޕޯޓުގައި ޙަޤީޤަތާ ޚިލާފަށް ކަންކަން ފާހަގަކޮށްފައިވާކަމަށް ޑރ. އަޒްމިރާލްދާގެ ޖަވާބުގައި ބަޔާންކޮށްފައިވެއެވެ. އަދި ތަޙްޤީޤު ހިންގަމުންދަނީ މައްސަލަ ބަލަންޖެހޭ އަސާސެއް ނެތި ނުބައި ނިޔަތެއްގައިކަމަށާއި، ސުލޫކީ މިންގަނޑާ ޚިލާފުވިކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް މައްސަލައަށް ފެތޭ ޙާލަތެއް ނެތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ޑރ. އަޒްމިރާލްދާގެ ވަކީލު ނެރުނު ބަޔާނުގައި ވިދާޅުވީ، ޖޭއެސްސީއަށް ހުށަހަޅާފައިވާ ޖަވާބުގައި ކަންކަން ސާބިތުކުރުމަށް 29 ހެކި ހުށަހަޅާފައިވާކަމަށާއި، މި މައްސަލައަކީ ސާބިތުނުވާ ކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ