މިއަހަރު މިހާތަނަށް ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު %5 އިތުރު!

މިއަހަރު މިހާތަނަށް ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު %5 އިތުރު!

ގުޅުންހުރި

ދިވެހިރާއްޖެއަށް މިހާރު 44 އެއާލައިނަކުން ދަތުރުކުރަމުންދާއިރު، މިއަހަރު މިހާތަނަށް ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު %5 އިތުރު ވެފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުން ދައްކައިފިއެވެ. މިހާރު އާންމުކޮށްފައިވާ މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްގައި ބަޔާންކޮށްފައިވާ ގޮތުގައި އޭޝިއާ އަދި މެދުއިރުމަތީގެ އިތުރުން ޔޫރަޕްގެ ޤައުމުތަކުން ވެސް މިހާރު ދިވެހިރާއްޖެއަށް ދަތުރުކުރަމުން ގެންދެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 647,677 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.2 އިންސައްތައިގެ އިތުރުވުމެކެވެ.

ޓޫރިޒަމް އަޕްޑޭޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެ ޤައުމުން 75,135 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން ކަމަށްވާއިރު، އެ ޤައުމުން 68,375 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އިނގިރޭސިވިލާތުން 67,447 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ހަތަރުވަނައިގައި އޮތް އިޓަލީއިން 58,722 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.4 އިންސައްތަ ނުވަތަ 449,382 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 25.2 އިންސައްތަ ނުވަތަ 162,928 ފަތުރުވެރިންނެވެ. މީގެ އިތުރުން 18,879 ފަތުރުވެރިން ހޮޓާތަކުގައި ހުރުމަށް އިޚްތިޔާރުކޮށްފައިވާއިރު، 16,041 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ސަފާރީ އުޅަނދުތަކުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ