ސޯޝަލް މީޑިޔާގައި އާއަހަރުގެ ތަހުނިޔާއާއިން ފުރާލާފައިވާއިރު، މިއަދު މެންދުރު ފަހުން ފެށިގެން ރައީސް ޞަލިހަށް އުފަން ދުވަހުގެ ތަހުނިޔާ ވަނީ ސޯޝަލް މީޑިޔާގައި ފުރާލާފައެވެ.
ރައީސްގެ އުފަންދުވަހުގެ ތަހުނިޔާއިން ސޯޝަލް މީޑިޔާ ފުރާލާފައިވަނީ، އެމަނިކުފާނަށް އުފަންދުވަހުގެ ތަހުނިޔާ، އެމްޑީޕީގެ ރައީސް އަދި ރައީސް މިއަދު މެންދުރުފަހު ކިޔުމާއި ގުޅިގެންނެވެ. ރައީސް ނަޝީދުގެ މި ތަހުނިޔާގެ މެސެޖައިއެކު އެމްޑީޕީގެ އެކްޓިވިސްޓުންނާއި، ދައުތަލަތުގެ ވަޒީރުންނާއި، އާންމުންގެ ގިނަ ބަޔަކުވެސް ދަނީ ރައީސަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.
Happy birthday Raees @ibusolih ??
— Mohamed Nasheed (@MohamedNasheed) January 1, 2021
މިގޮތުން ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމާއި، ސިޔާސީ އިސްބޭފުޅުންވެސް ދަނީ އެމަނިކުފާނަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. ނަމަވެސް މިއަދަކީ ރައީސް ޞާލިހުގެ އުފަންދުވަސްކަން ޔަގީންވާނެ އެއްވެސް ގޮތެއް މިއިން ބޭފުޅަކަށްވެސް ނެތެވެ.
Happy birthday Excellency President @ibusolih I wish you good health and success now and always.
— Maumoon Abdul Gayoom (@maumoonagayoom) January 1, 2021
ރައީސް ސާލިހްގެ އައިޑީ ކާޑްގައި ވާގޮތުން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ 1 މާޗް 1962އެވެ. ރައީސް ސާލިހް އުފަން ދުވަހާއި ގުޅޭގޮތުން މީގެ ކުރިންވެސް ވާހަކަދެކެވިގެން ދިޔަ ކަމަށް ވެއެވެ. އެގޮތުން އެމަނިކުފާނުގެ އުފަން ދުވަހަކީ ޖެނުއަރީ އެއް ވަނަ ދުވަސް ކަމަށް އެމަނިކުފާނުގެ ގާތް ބޭފުޅުން މީގެ ކުރިންވެސް ވިދާޅުވެފައި ވެއެވެ.
Ufaaveri Ufan dhuvahakah edhen! Happy Birthday Raees @ibusolih ??? pic.twitter.com/8t83Ya1eGG
— Feydhoo Meehaa (Mohamed Nihad) (@nihad_m) January 1, 2021
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތުއްޕުޅު ހަޔާތަށްބަލާލާއިރު، އެންމެފުރަތަމަ ދިރިއުޅުއްވީ އުފަން ރަށް ޅ. ހިންނަވަރުގައެވެ. ތަޢުލީމީ ޙަޔާތް ފެއްޓެވީވެސް އެރަށުގައެވެ. އެއަށްފަހު ޢުމުރުފުޅުން އެންމެ 10 އަހަރުގައި ތަޢުލީމު ޙާސިލުކުރެއްވުމަށް މާލެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ.
ރައީސް ޞާލިޙުގެ ގާތްތިމާގެ ބޭފުޅުންނާއި، ގާތްރަޙުމަތްތެރިން އެމަނިކުފާނު ސިފަކުރައްވަނީ ވަރަށް މަޑުމައިތިރި ހިތްތިރި މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު ކައިވެނިފުޅު ބައްލަވައިގަތީ، މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކުގެ ދަރިކަނކަލުން ފަޒްނާ އަޙްމަދާއެވެ. މިދެކަނބަލުންނަށް 2 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ، 1 ފިރިހެން ބޭފުޅަކާއި، 1 އަންހެން ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ