ދިރާސީ އާ އަހަރަށް ގިނަ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވައި ނިންމާއިފި

ދިރާސީ އާ އަހަރަށް ގިނަ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވައި ނިންމާއިފި

Author
ހުސައިން
03 އޭޕްރިލް 2025 08:58
0

މިފެށޭ ދިރާސީ އާ އަހަރަށް ގިނަ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވައި ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީގެ އޮފިޝަލަކު "ދެން"އަށް މިއަދު ވިދާޅުވެފައިވަނީ، ޓެކްސްޓް ފޮތްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސްކުރިން ފެށިފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވިގޮތުގައި، މިހާރު ވަނީ ގިނަ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވިފައެވެ. "މިހާރު ދެކުނުގެ އަތޮޅުތަކަށް ގްރޭޑް ހަތަރާއި ފަހުގެ ޓެކްސްޓް ފޮތްތައް ނުފޮނުވާ އޮތީ" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ. އަދި މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގައި ކަމަށް ތާވަލުކުރެވިފައިވާއިރު، އަންނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުންނެވެ.

ނިމިދިޔަ ސަރުކާރުގައި ދިރާސީ އާ އަހަރު ފެށުން މެދުތެރެއަށް ބަދަލުކުރެވިފައިވީނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އެ ނިންމުން އަލުން ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.