ޓީޖީއެސްޓީ ބޮޑުކުރުމުން އެންމެ ބޮޑަށް ނޭދެވޭ އަސަރު ކުރާނެކަމަށް ބެލެވެނީ ގެސްޓު ހައުސްތަކަށާއި ސަފާރީތަކަށް

ފުރަތަމަ 3 މަސްތެރޭ 600،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

ފުރަތަމަ 3 މަސްތެރޭ 600،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

ގުޅުންހުރި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 600،000 އަށްވުރެ އިތުރުވެއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް 632،418 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 604،004 ފަތުރުވެރިންނާ އަޅާބަލާއިރު 4.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި ނިމިދިޔަ މާޗް މަހު 203،464 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށް ދައްކައެވެ. ޗައިނާއިން 73،997 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ރަޝިޔާއިން 66،933 ފަތުރުވެރިންނާއެކު ދެވަނަ ސަފުގައި ހިމެނެއެވެ. ތިންވަނަ ސަފުގައި އިނގިރޭސިވިލާތް 65،404 ފަތުރުވެރިންނާއެކު ހިމެނިފައިވެއެވެ.

ވުޒާރާގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 69.2 އިންސައްތަ ފަތުރުވެރިން މަޑުކުރަނީ ރިސޯޓުތަކުގައެވެ. އަދި 25.3 އިންސައްތަ ފަތުރުވެރިން މަޑުކުރަނީ ގެސްޓްހައުސްތަކުގައި ކަމަށާއި ހޮޓާތަކުގައި މަޑުކުރަނީ 2.9 އިންސައްތަ ފަތުރުވެރިންނެވެ.

މިވަގުތު ރާއްޖޭގައި ޖުމްލަ 175 ރިސޯޓް ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދާއިރު، 838 ގެސްޓްހައުސް ވެސް ހިންގަމުން ގެންދެއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ 157 ސަފާރީ ވެސް މިވަގުތު އޮޕަރޭޓް ކުރެވެމުން ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ