’ހޮޅުދޫ ބޯޓު' އަނދާ ހުލިވެ އަޑިއަށް ހިގައްޖެ، ގެއްލުނު މުޝްފިޤް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް!

’ހޮޅުދޫ ބޯޓު' އަނދާ ހުލިވެ އަޑިއަށް ހިގައްޖެ، ގެއްލުނު މުޝްފިޤް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް!

ގުޅުންހުރި

އަލިފާން ރޯވެ، 'ހޮޅުދޫ ބޯޓު' ކިޔާ މުދާ އުފުލާ ބޯޓު ރޭ ދަންވަރު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ހިއްސާކުރި އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ހިރިލަންދޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ 'ހޮޅުދޫ ބޯޓު' ގައި އަލިފާން ރޯވެފައިވަނީ ތ. ކަނޑޫދޫ ކައިރިންނެވެ. ދަންވަރު 2:07 ހާއިރު މި ބޯޓު އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާއިރު، ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.

ބޯޓުގައި ދަތުރުކުރި 11 ދިވެހިންނާއި 7 ބިދޭސީންނާއެކު ޖުމްލަ 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްވެފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފްއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން މުޝްފިގް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި ޑްރޯން ބޭނުންކުރަމުންދާއިރު، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުންވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދެއެވެ.

މި ހާދިސާގައި ބައެއް މީހުންނަށް ޒަހަމްވެފައިވާއިރު، ދެ މީހަކަށް ތ. ކަނޑޫދޫ މަރުކަޒުގައި ފަރުވާވެސް ދީފައިވެއެވެ.

ބޯޓުގައި އަލިފާން ރޯވެފައިވަނީ ކަނޑޫދުއަށް ވަދެ މުދާ އަރުވައިގެން ހިރިލަންދުއަށް ގޮސް، އެ ރަށުން ފުރި ފަހުންނެވެ. ނަމަވެސް ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބާއި ބޯޓުގައި ހުރި މުދަލާ ގުޅޭ ތަފްސީލެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ