’ހޮޅުދޫ ބޯޓު’ގައި ރޯވެ ބޯޓު އަނދާ ހުލިވެ، އެކަކު ގެއްލިގެން ހޯދަނީ

’ހޮޅުދޫ ބޯޓު’ގައި ރޯވެ ބޯޓު އަނދާ ހުލިވެ، އެކަކު ގެއްލިގެން ހޯދަނީ

ގުޅުންހުރި

’ހޮޅުދޫ ބޯޓު' ކިޔާ މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފުން މިރޭ ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މާލެ އާއި ތ. އަތޮޅުގެ ރަށްރަށާ ދެމެދު ދަތުރުކުރާ 'ހޮޅުދޫ ބޯޓު' ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފް ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނާ ގޮތުގައި ބޯޓުން ދަތުރުކުރަމުން ދިޔައީ ކެޕްޓަނާ އެކު ޖުމްލަ 18 މީހުންނެވެ. މީގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު އަދިވެސް ނުފެނި ވެއެވެ.

އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަނީ މުޅި ބޯޓުގައި އަލިފާން ހިފާފައިވާ މަންޒަރެވެ. އަލިފާން ރޯވެފައިވާ މިންވަރަށް ބަލާއިރު، ބޯޓުގައި ހުރި މުދަލާއި އަދި ބޯޓު ސަލާމަތްކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.

އެނގިފައިވާ ގޮތުން، މި ބޯޓުގައި އަލިފާން ރޯވެފައިވަނީ ކަނޑޫދުއަށް ވަދެ މުދާ އަރުވައިގެން ތ. ހިރިލަންދުއަށް ގޮސް، އެ ރަށުން ފުރުމަށްފަހުއެވެ. ބޯޓުގައި އުފުލަމުންދިޔަ މުދަލުގެ އަދަދު މިވަގުތު ސާފުކޮށް އެނގެން ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ