އެޑްވެންޗާ ޕާކެއްގެ ގޮތުގައި ސަލްޓަން ޕާކު އަލުން ތަރައްގީކުރަނީ

އެޑްވެންޗާ ޕާކެއްގެ ގޮތުގައި ސަލްޓަން ޕާކު އަލުން ތަރައްގީކުރަނީ

Author
ހުސައިން
02 އޭޕްރިލް 2025 02:46
0

ސަލްޓަން ޕާކު އަލުން ތަރައްގީކުރުމުގެ މަޝްރޫޢުގައި އެޑްވެންޗާ ޕާކެއްގެ ގޮތުގައި ބިންމަތީގައި އަދި މަތީގައިވެސް ހަރަކާތްތަކެއް ހިމެނޭނެކަމަށް ރައީސް ޑރ. މުއިއްޒު ހާމަކުރައްވައިފިއެވެ.

މި ކަންކަން ހާމަކުރެއްވީ ރައީސް މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ސަލްޓަން ޕާކު އަލުން ތަރައްގީކުރުމުގައި ކުރިން ހުރި ވަސީލަތްތަކަށްވުރެ ގިނަ ވަސީލަތްތަކާއި ހަރަކާތްތައް އިތުރުކުރެވިގެންދާނެ ކަމަށެވެ.

"ސަލްޓަން ޕާކަކީ ވަރަށްގިނަ ގަސް ހުންނަ ތަނެއްވީމާ، އަޅުގަނޑުމެން ހަދާއިރުގައި، އެއްގަހުން އަނެއް ގަހަށް ދެވޭގޮތަށް، މަތީގައި އެކިކަހަލަ އެކްޓިވިޓީޒްތައް ހިމަނާފައި، އެކަހަލަ ބައިބައި ހިމަނާފައި، ކުރަން ނިންމާފައި މިއޮތީ" ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ ޕާކު ތަރައްގީކުރަނީ "ތަންކޮޅެއް ޝައުޤުވެރިވާ ކަހަލަ ގޮތަކަށް" ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.