ގދ. ހޯނޑެއްދޫ ރަށުގައި އެކި ސަރަޙައްދުތަކުގައި އަލިފާން ރޯކޮށް ހުޅުޖެހުމުގެ ޢަމަލުތައް އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފި

ގދ. ހޯނޑެއްދޫ ރަށުގައި އެކި ސަރަޙައްދުތަކުގައި އަލިފާން ރޯކޮށް ހުޅުޖެހުމުގެ ޢަމަލުތައް އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފި

Author
ހުސައިން
02 އޭޕްރިލް 2025 02:45
0

ގދ. ހޯނޑެއްދޫ ރަށުގައި ތަފާތު ސަރަޙައްދުތަކުގައި އަލިފާން ރޯކޮށް ހުޅުޖެހުމުގެ ޢަމަލުތައް އިތުރުވަމުން ދިޔުމާ ގުޅިގެން އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ދަންނަވާފައިވަނީ ރަށުގައި ހުޅުޖެހުމުގެ ޢަމަލުތައް އާންމުވަމުން ދިޔުމަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް މަގުފަހިވެދާނެ ކަމެއްކަމަށެވެ. މީގެ އިތުރުން ރަށުގައި ހުޅުޖެހުމުގެ ސަބަބުން ދަނޑުބިންތަކަށާއި، ރައްޔިތުންގެ ރުއްގަހަށް އަދި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަލިފާން ރޯކޮށް އެއިން އުފެދޭ ދުމުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް އަލިފާން ރޯކުރުމަކީ އާންމު އުނދަގުލާ ބެހޭ ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ. އަދި ގަވާއިދާ ޚިލާފަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއްނެތި އާންމު ތަންތަނުގައި އަލިފާން ރޯކުރާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.