ދުންފަތް މަނާކުރަނީ 25 އަހަރުން ދަށުގެ މީހުންނަށް

ދުންފަތް މަނާކުރަނީ 25 އަހަރުން ދަށުގެ މީހުންނަށް

ގުޅުންހުރި

ދުންފަތް މަނާކުރުމަށް 25 އަހަރުން ދަށުގެ މީހުންނަށް ވިސްނާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ އެމަނިކުފާނު ނުހަނު ބޭނުންފުޅުވާ ކަމެއް ކަމަށް ވިދާޅުވިއެވެ. ދިވެހި ޅަދަރިން ދުންފަތުގެ ނުރަނގަޅު އާދައިގެ ތެރެއަށް ދޫކޮށްލައިގެން ސަރުކާރެއް އޮންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް "ޖެނެރޭޝަން ބޭން" އެއް މުހިންމު ކަމަށް ވިދާޅުވެ، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ސިއްޙީ ވަޒީރަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ޖީލު ދުންފަތުން ސަލާމަތް ކުރުމަށް ޤާނޫނެއް ހެދުމަށް ނިންމަވާފައިވަނީ 2000 ވަނަ އަހަރުން ފެށިގެން ނުވަތަ 2004 ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ 18 އަހަރާއި 25 އަހަރާ ދޭތެރޭގައި ހިމެނޭ ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރާތާ އެހާ ގިނަ ދުވަހެއް ނުވާކަމަށާއި، އެ ކުދިން ދުންފަތުގެ ވަބާއިން ސަލާމަތްކުރުން 30 ނުވަތަ 40 އަހަރުވެފައިވާ މީހުން ދުންފަތުން ސަލާމަތްކުރުމަށްވުރެ ފަސޭހަވާނެ ކަމަށެވެ. ރައީސް މުޢިއްޒު ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުންވެސް އެކަން ހުއްޓާލުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަދަ ކަންކަން ސިޔާސީ ކުރާކަން ފާހަގަކުރައްވައި، ރައްޔިތުންގެ ސިއްޙަތަކީ ސިޔާސީ ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ