ޒުވާން ޖީލު ދުންފަތާ ދުރުކުރުމުގެ ޖެނެރޭޝަނަލް ބޭންގައި ރައީސް ގެންގުޅުއްވާ ވިސްނުން ހިއްސާ ކުރައްވައިފި

ޒުވާން ޖީލު ދުންފަތާ ދުރުކުރުމުގެ ޖެނެރޭޝަނަލް ބޭންގައި ރައީސް ގެންގުޅުއްވާ ވިސްނުން ހިއްސާ ކުރައްވައިފި

Author
ހުސައިން
02 އޭޕްރިލް 2025 02:23
0

ޒުވާން ޖީލު ދުންފަތާ ދުރުކުރުމުގެ ޖެނެރޭޝަނަލް ބޭންގައި ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުއްވުންތައް އާންމުކޮށް ހިއްސާކުރައްވައިފި އެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ދެ ވަނަ އެޕިސޯޑްގައި ރައީސް މުއިއްޒު ވިދާޅުވީ ޖެނެރޭޝަނަލް ބޭންއާ ގުޅޭ ކެބިނެޓް ކަރުދާހެއް ދިރާސާކޮށް ތައްޔާރުކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއާ ހަވާލުކުރައްވާފައިވާ ކަމަށެވެ. އެ ކަރުދާސް ތައްޔާރުކުރުމުގައި ޑޮކްޓަރުންނާއި އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯދުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ޖެނެރޭޝަނަލް ބޭން ކަނޑައެޅުމުގައި ތަފާތު ތިން ގޮތެއް ހުށަހަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން، ނުވަތަ 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން، ނުވަތަ 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމެވެ.

ރައީސް މުއިއްޒު މި ހުށަހެޅުއްވުންތައް ހުށަހެޅުއްވުމުގެ ސަބަބުވެސް ހާމަކުރައްވާފައިވެއެވެ. އެއީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.