ފިހާރައަކުން ވަގަށް ކޮފީ ފުޅި ނެގި މީހަކު ބަންދުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގުނު ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ގދ. ގައްދޫ/ ކުއްޅަވަށްގެ، އިބްރާހިމް ޝާކިރު (43އ)އެވެ.
10 ކޮފީ ފުޅި ވަގަށް ނެގުމާ ގުޅިގެން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ. ކޯޓު އަމުރުގައިވާ ގޮތުގައި އިބްރާހިމް ޝާކިރަކީ މިހާތަނަށް ހައްޔަރާއި ބަންދުގެ 40 ރެކޯޑް އޮތް ފަރާތެކެވެ.
މީގެ ދުވަސްކޮޅެއް ކުރިން މާލޭގެ އަނބުގަހަކުން ވެސް ވައްކަންކުރި މައްސަލައެއްގައި މީހަކު ހައްޔަރުކުރެވުނެވެ. އެނާއަކީ ވަގަށް އަނބު ބިނދެގެން އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް ބަންދުކުރެވިފައިވާ މީހެކެވެ.