ރޯދަ މަހުގައި އައްޑޫ ސިޓީގައި ދިމާވި ކަރަންޓު މައްސަލައާ ގުޅިގެން، ކަރަންޓު ބިލުތަކުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ގޮވާލައިފި

ރޯދަ މަހުގައި އައްޑޫ ސިޓީގައި ދިމާވި ކަރަންޓު މައްސަލައާ ގުޅިގެން، ކަރަންޓު ބިލުތަކުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ގޮވާލައިފި

ގުޅުންހުރި

މިދިޔަ ރޯދަ މަހުގައި އައްޑޫ ސިޓީގައި ދިމާވި ކަރަންޓު މައްސަލައާ ގުޅިގެން، އައްޑޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ އެ މަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ފެނަކައިން ރޯދަ މަހުގެ ކުރިން ވަނީ ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މުޅި ރޯދަ މަސް ތެރޭގައިވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކުހެން އެކި ވަގުތުތަކުގައި އެއް ގަޑިއިރަށް ކަރަންޓު ކެނޑިފައިވެއެވެ.

ޝުއާއުގެ ހުށަހެޅުމަށް ބާރުލިބޭ ގޮތަށް، މިދިޔަ އަހަރުގެ ރޯދަ މަހު ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވުމުން ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އެ މަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ފެނަކައިން ދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޝުއާއު ވިދާޅުވީ، މިއަށްވުރެ މާ ގިނަ ދުވަހު، މާ ބޮޑެތި ދަތިތަކެއް ތަހައްމަލުކުރަމުންދާ އައްޑޫގެ ރައްޔިތުންނަށް މިފަދަ ލުޔެއް ދިނުމުގެ އެއްވެސް އިޝާރާތެއް ސަރުކާރުން އަދި ފެނަކަ ކޯޕަރޭޝަނުން ވެސް މިއަދާ ހަމައަށް ދައްކާފައި ނުވާ ކަމަށެވެ.

"މިއީ އިންސާފުވެރި، ހަމަހަމަ ގޮތް ކަމަށް ދެކެން" ކަމަށް ވިދާޅުވެފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން އިންޖީނުތަކެއް ގެނެސް ބޭނުންކުރަން ފެށިނަމަވެސް، ލޯޑު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެންމެ ފަހުން ގެނެސްފައިވާ 1.8 މެގަވޮޓްގެ އިންޖީނާއެކު އެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ