ހުވަދު އަތޮޅުގެ ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

ހުވަދު އަތޮޅުގެ ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

Author
ހުސައިން
29 މާރޗް 2025 10:09
0

ހުވަދު އަތޮޅުގެ ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މިގޮތުން ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލީގައި އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅުއްވައިދެއްވީ ވަކިވަކި ރަސްމިއްޔާތުތަކެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.

ހުވަދުއަތޮޅު އުތުރުބުރީ އަދި ދެކުނުބުރީގެ ބައެއް ރަށްތަކަށް ކޮމިޝަނަރ ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، ކައުންސިލް މެމްބަރުންނާއި އެރަށްރަށުގެ އެކިއެކި މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދެންނެވި ހަ ރަށުގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ފެނަކަ، އާރްޑީސީ އަދި އެމްޓީސީސީއާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.