ސްޓެލްކޯ ކައިރީގައި ހުންނަ ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑުގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި

ސްޓެލްކޯ ކައިރީގައި ހުންނަ ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑުގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި

ގުޅުންހުރި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން، ސްޓެލްކޯ ކައިރީގައި ހުންނަ އެ ކުންފުނީގެ ޝެޑުގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ. އެގޮތުން، އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އީޒީފިލް 1 ޝެޑުން ހެނދުނު 10:00 އިން ފެށިގެން މެންދަމު 01:00 އާ ހަމައަށް ޚިދުމަތް ލިބޭނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށް އެފްއެސްއެމް އިން ހާމަކޮށްފައިވެއެވެ.

މި ބަދަލުތައް ގެނެސްފައިވަނީ އެ ޝެޑުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެންނެވެ. އެހެންނަމަވެސް، މެންދަމު 01:00 އިން ފެށިގެން ހެނދުނު 10:00 އާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އިތުރުން ސައިކަލްތަކަށްވެސް ޚިދުމަތް ދެމުންދާނެ ކަމަށް އެ ކުންފުނިން އިޢުލާންކޮށްފައިވެއެވެ.

އެފްއެސްއެމް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުގެ ސަބަބުން ސައިކަލް ބޭނުންކުރާ ފަރާތްތަކަށް ދަތިވިޔަ ނުދިނުމަށްޓަކައި، މާލޭގައި ހުންނަ އެފްއެސްއެމްގެ އެހެން ޝެޑުތަކުން ދަންވަރު 01:00 އާ ހަމައަށް ސައިކަލްތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި އައިޖީއެމްއެޗް ކައިރީގައި ހުންނަ ޝެޑާއި، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ޝެޑާއި އަދި ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑުން ވެސް ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ