މޭވާއާއި ތަރުކާރީގެ އަގު ހެޔޮކުރުމަށް ދަނީ މަސައްކަތް ކުރަމުން

މޭވާއާއި ތަރުކާރީގެ އަގު ހެޔޮކުރުމަށް ދަނީ މަސައްކަތް ކުރަމުން

ގުޅުންހުރި

ރާއްޖޭގައި މޭވާއާއި ތަރުކާރީގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށްޓެވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި، އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މި ވާހަކަ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ފަށާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި، ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ރާއްޖޭގައި އުފެއްދުމުގެ އަމާޒެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

"މި އަމާޒަށް ވާސިލުވުމުގެ ތެރެއިން، މިހާރު ބޭރުން ރާއްޖެއަށް ގެންނަ މޭވާއާއި ތަރުކާރީ ރާއްޖޭގައި އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިކަމުގެ ސަބަބުން މި ބާވަތްތަކުގެ އަގު ހެޔޮވެގެންދާނެ," ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ރޭވިފައިވާކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓަކީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވުމަށް ފަށާފައިވާ ޕޮޑްކާސްޓް ސިލްސިލާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ