ރޯދަ ހަދިޔާގެ ގޮތުގައި 112,000އެއްހާ މަސްދަޅު ކޭސް ބަހައިފި

ރޯދަ ހަދިޔާގެ ގޮތުގައި 112,000އެއްހާ މަސްދަޅު ކޭސް ބަހައިފި

ގުޅުންހުރި

ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް 112,000އެއްހާ މަސްދަޅު ކޭސް ބަހާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ނަމުގައި މިއަދު ފެށުނު ޕޮޑްކާސްޓުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އަތޮޅުތަކުގައި 61,909 މަސްދަޅު ކޭސް ބެހިފައިވާއިރު މާލޭގައި 49,899 ކޭސް ބެހިފައިވާކަމަށެވެ. މިއީ ޖުމްލަ 111,808 ކޭސްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރޯދަމަހުގެ ކުރީކޮޅު ރާއްޖޭގެ ގިނަ ރަށްތަކުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ނިމިފައިވީނަމަވެސް، އައްޑޫ ސިޓީގެ ބައެއް ގޭބިސީތަކަށް މަސްދަޅު ނުލިބިގެން އިތުރު މަސްދަޅު ކޭސްތައް ފޮނުވައި، މިއަދާ ހަމައަށްވެސް މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވެއެވެ.

މީގެކުރިން ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއެއް ބެހިއެވެ. ނަމަވެސް މިފަހަރު މަސްދަޅު ކޭސް ބަހަން ނިންމެވީ އެއީ ގިނަބަޔަކު ބޭނުންކުރާ އަދި އަގުބޮޑު އެއްޗަކަށްވާތީކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިފަހަރު ބެހިފައިވަނީ 48 ދަޅުގެ މަސްދަޅު ކޭސްތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ