ފިތުރު ޢީދާ ގުޅިގެން ކަނޑައެޅިފައިވާ ބަންދު ދުވަސްތަކުގައި އެ މަރުކަޒުގެ އާންމު ޚިދުމަތްތައް ނުލިބޭނެ ކަމަށް ދަމަނަވެށިން ހާމަކޮށްފިއެވެ.
ނަމަވެސް، ބަންދު ދުވަސްތަކުގައިވެސް ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން ޖެހުމުގެ ޚިދުމަތް ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށް ގެންދާނެކަމަށް އެ މަރުކަޒުން ހާމަކޮށްފިއެވެ.
ޓްރެވަލް ވެކްސިން ޖެހުމަށް އެދޭ ފަރާތްތަކުން އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ:
- މުއްދަތު ހަމަނުވާ ޕާސްޕޯޓް
- އައިޑީ ކާޑު
- ބަންދު ދުވަސްތަކުގައި ފުރުމަށް ނަގާފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑު ޖަހާފައިވާ ދަތުރުފަތުރުގެ ލިޔެކިޔުންތައް
މި ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ފަރާތްތަކަށް ދަމަނަވެށީގެ ނަންބަރު 7267290 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެވޭނެކަމަށް ވެސް އެ މަރުކަޒުން އިތުރަށް ހާމަކޮށްފައި ވެއެވެ.