ކުރިއަށް އޮތް ތަނުގައިވެސް، ޓީބީ އަވަހަށް ދެނެގަތުމާއި ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުން ސަމާލުކަން ދޭނެ: ރައީސް

ކުރިއަށް އޮތް ތަނުގައިވެސް، ޓީބީ އަވަހަށް ދެނެގަތުމާއި ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުން ސަމާލުކަން ދޭނެ: ރައީސް

ގުޅުންހުރި

ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ މެސެޖެއް ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. މި މެސެޖުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މިއަހަރުގެ ދުނިޔޭގެ ޓީބީ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވައި، ޓީބީ ބަލި ނައްތާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަނޑައަޅާފައިވާ ޢަޒުމުގައި ދިވެހިރާއްޖެއިންވެސް ބައިވެރިވާ ކަމަށެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70 އިންސައްތައަށް އަދި ފަރުވާ ދެވޭ މިންވަރު 85 އިންސައްތައަށް އިތުރުކުރުމުގެ އަމާޒަށް ވާޞިލުވެފައިވާ ފަސް ޤައުމުގެ ތެރޭގައި 1998 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ހިމެނިފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ކާމިޔާބުކަމާއި، ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރިން މިކަމަށް ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް، ޓީބީ އަވަހަށް ދެނެގަތުމާއި ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުން ސަމާލުކަން ދެއްވާނެކަން ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ. މިއަހަރު ޚާއްޞަކޮށް ލޭޓެންޓް ކޭސްތަކަށް، ޓިއުބަކުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީ.ޕީ.ޓީ) ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރިއަށްގެންދަވާ ކަމަށްވެސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ޓީބީ ހުއްޓުވުމާއި، ބައްޔަށް ސްކްރީންކުރުމާއި، ބަލި ޑައިގްނޯޒްކޮށް ފަރުވާދިނުން ރާއްޖޭގެ އަސާސީ ޞިއްޙީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން، ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސަމުންގެންދާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މުސްތަޤުބަލުގެ ޖީލުތަކަށް، ޓީބީ އިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކޮށްދިނުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ