މައްކާގައި އުމްރާގެ އަޅުކަން އަދާ ކުރުމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވިގޮތުގައި ޒަމްޒަމް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ގޮސް ހުއްޓައި ނިޔާވީ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސައީދާ އެވެ.
މުއުމިނާ ސައީދާ ނިޔާވީ މައްކާގެ ކޮން ހޮސްޕިޓަލެއްގައި ކަން މިހާތަނަށް އެނގިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހައްޖާއި އުމްރާގެ އަޅުކަމަށް ދާ ދިވެހިން މަދު ފަހަރަކު ނިޔާވާ ކަން ފާހަގަކުރެވެ އެވެ.
ހައްޖު ކޯޕަރޭޝަނުންނާއި، އެ ކޯޕަރޭޝަނުގެ ދަށުން ހިންގާ އެހެނިހެން ގްރޫޕްތަކުން ކޮންމެ ރަމަޟާން މަހެކޭ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހުވެސް ދަނީ އެކި ގްރޫޕްތަކަށް ބަހާލައިގެން ދިވެހިން އުމްރާގެ ދަތުރުތަކުގައި ގެންދަމުންނެވެ.