ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް އިންޒާރު ދީފައިވާ މައްސަލާގައި ޝާއިޚު އިލިޔާސް ހުސެއިންއާއި، ޝައިޚު އަލީ ޒައިދުގެ ރައްދެއް ޔުނިވާސިޓީގެ އިސްބޭފުޅުންނަށް ދެއްވައިފިއެވެ.
ޑރ.އިޔާޒަށް އިންޒާރު ދިން މައްސަލާގައި އިޔާޒުގެ އެކުވެރި އަޚު ޝައިޚު އަލީ ޒައިދު ވިދާޅުވީ އެމްއެންޔޫގެ ވެރިންނަށް މިކަން ކޮށްފައިވަނީ ބަޔަކު އަޑީގައި ތިބެގެންކަމަށެވެ. އަދި މިގޮތަށް ޑރ.އިޔާޒަށް ބިރު ދައްކައި އިންޒާރު ދިނުމަކުން ކުރަމުންދާ މަަސައްކަތަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަމަށެވެ. އެމްއެންޔޫގެ ބައެއް އިސްވެރިން އިންތިޚާބުތަކުގައި ބައެއް ޕާޓީތަކުން ފެނިފައިވާކަމަށް އިޔާޒު ވިދާޅުވިއެވެ. އަދި ކައުންސިލްގައި ތިބި ބައެއް ބޭފުޅުން އިސްލާމްދީނާއި ޚިލާފް ވާހަކަ ދައްކައި ހަދާފައިވާކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ކަންސިލްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކު ހޮޑައިދޫގައި ރާފޮދު ހިތްޕަވައިގެން ދޮންވެއްޔާއި މޮޑެވިފައި ތިއްބެވިކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްވެސް މީގެ ކުރިން ބަލާފައިވާއިރު މިއީ ޔުނިވާސިޓީގެ އަބުރަށް ނޫނީ އިއްޒަތަށް ބުރޫއަރާނެ ކަންތައްތަކެއް ނޫންތޯ ޝައިޚު ޒައިދު ވަނީ ސުވާލު އުފައްދާފައެވެ. އަދި މިގޮތަށް ވަކި ބަޔަކު އަޑީގައި ތިބެ މުވައްޒިފުންނަށް ބިރު ދައްކައި އިންޒާރުދިނުމަށް ކުރަމުންދާ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ޝާއިޚު ޒައިދު ވަނީ އެމްއެންޔޫގެ ވެރިންނަށް ގޮވާލާފައެވެ.
'Bayaku' adyga thibegen MNU ah pressure kohgen @dr_iyaz ah biru dhakkan ulhunas ekameh nuvaane insha Allah! MNU ge baeh isverin baeh party inthikhaab thakun fenifavey! Council gai thibi baeh myhun dhynaa Khilaaf vaahak dakkaafa vey! MNU aburaa izzathah unikameh naadhey baa?!
— Ali Zaid (@alizaid1000) December 31, 2020
ޝައިޚު އިލިޔާސް ވިދާޅުވީ އިސްލާމް ދީނުގެ ހަރުދަނާ އަޤީދާއާއި ޚިލާފު ކަންކަމަށް އިންކާރުކޮށް، ޙައްޤު ބަސް ބުނުމުން އެމްއެންޔޫގެ މެނޭޖްމަންޓުން ޑރ.އިޔާޒަށް އިންޒާރުދީ ބިރު ދެއްކުމަކީ ނާތަހުޒީބު އަމަލެއްކަމަށެވެ. އަދި މިފަދަ ކަންކަމުން ޑރ.އިޔާޒު ކުރައްވަމުންދާ މަސައްކަތަށް ހީނަރުކަން ނައިސް މަަސއްކަތުގައި ކުރިއަށް ދިއުމަށް އިލިޔާސް ވަނީ ހިތްވަރު ދެއްވާފައެވެ.
Islam dheenuge harudhana ageedhaya khilafu kankamah inkarukoh, haqqu bas vidhaalhuvumun MNU ge management in Dr iyaz ah inzar dhevva biru dhekkumakee v nathahuzeebu amaleh. Maiy Allah Dr.Iyaz ah barakaiy lavvaa, haqqu gothuga saabithukanmathee hunnevumuge thaufeeq dhevvaashi.
— Ilyas Hussain (@shkilyas) December 31, 2020
ގައުމީ ޔުނިވިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަަރު ހުސެއިން ހަލީމް ސޮއި ކުރައްވައި، މިދިޔަ އަންގާރަ ދުވަހު ޑރ. އިޔާޒަށް ދިން ނަސޭހަތުގެ ލިޔުމުގައި ބުނެފައި ވަނީ އޭނާ ކުރައްވާ ސިޔާސީ ޓްވީޓުތަކާ ހެދި ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބޭ ކަމަށެވެ. މީގެ ކުރިންވެސް ޑރ. އިޔާޒަށް އޭނާގެ ޓްވީޓުތަކާ ހެދި ނަސޭހަތް ދީފައިވާ ކަމަށް ޔުނިވާސިޓީއިން ބުނެއެވެ.
އެ ލިޔުމުގައި، ކޮލެޖުގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގުމާއި ކެމްޕަސް ތެރޭގައި ސިޔާސީ ހަރަކާތްތަކާ ގުޅޭ ކަންތައްތައް ކުރުމާ ބެހޭ ސިޔާސަތަކާ ހަވާލާދީފައިވެ އެވެ.
އެ ސިޔާސަތުގައި ބުނަނީ ސިޔާސީ ކަންތައްތަކުގައި ކޮލެޖު ވަކި ފަރާތަކަށް ޖެހިގެން ނުވާނެ ކަމަށެވެ. އަދި އަނގަބަހުން ނުވަތަ ލިޔުމުން ސިޔާސީ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދުކޮށް ނުވަތަ އެފަދަ ފަރާތްތަކާއި އިދިކޮޅަށް ކޮލެޖުގެ މުވައްޒަފަކު ކޮލެޖުގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ ކަމަށެވެ.
އިޔާޒަށް މިދިން ނަސޭހަތާއި ގުޅިގެން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އަދާކުރަމުންދާ ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓުވައި ނުލެވޭނެކަމަށެވެ. ޑރ. އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.
ކޮމެންޓު ފޮނުވާ