އާ އަހަރާއި ކުރިމަތިލާއިރު، ހާލުގެ ދުލުން ގޮވަނީ މި ފަސްގަނޑު ދިފާޢުކުރުމަށް

އާ އަހަރާއި ކުރިމަތިލާއިރު، ހާލުގެ ދުލުން ގޮވަނީ މި ފަސްގަނޑު ދިފާޢުކުރުމަށް

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 09:59
0

އާއަހަރާއި، މިއަދު ކުރިމަތިލާފައިވާއިރު ދިވެހި ޤައުމުގެ ހާލުގެ ދުލުން އަދު ގޮވަނީ އިޚްލާސްތެރި ދިވެހި ދަރިން މި ފަސްގަނޑު ދިފާޢު ކުރުމަށް ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ޣައްސާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އާ އަހަރަކާއި ކުރިމަތިލާއިރު، ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި، އަޚުވަންތަކަން ގެއްލި ޤައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފައިވާކަމަށެެވެ. މިއަދު ރައްޔިތުން އަޒުމްކަނޑައަޅަންވީ މިހަލަތު ބަދަލުކޮށް، ޤާއުމުގެ ހާލުގެ ދުލުން ގޮވަމުންދާ ގޮވުންތަކަށް އިޖާބަދީ މި ފަސްގަނދު ދިފާޢު ކުރުމުގެ މަސައްކަތް ކުރުމަށް ކަމުގައި ޣައްސާން ވިދާޅުވިއެވެ.

ޤައުމުގައި ގެއްލެމުންދާރީތި އާދަރަކާއި، ޤައުމުގައި އޮތް މިނިވަން ކަމާއި، ރައްޔިތުންގެ އަޚުވަންތަ ގުޅުން އަލާ ކުރެވޭނީ ރައްޔިތުން ނިކުމެ ކުރާ މަސައްކަތަކުން ކަމަށާއި، އެކަން ކުރެވޭނީ ރައްޔިތުން އެކަމަށް މަަސއްކަތް ކޮށްގެންކަމަށް ޣައްސާން ވިދާޅުވިއެވެ.

ދިވެހި ޤައުމުގެ ހާލުގެ ދުލުން އަދު ގޮވަނީ އިޚްލާސްތެރި ދިވެހި ދަރިން މި ފަސްގަނޑު ދިފާޢު ކުރުމަށް. ދިވެހި އިސްލާމީ ވަހުދަތާއު، މިނިވަންކަމާއި، ސިޔާދަތާއި އިސްތިގުލާލު އަދި ރިވެތި އާދަކާދަ ހިމާޔަތް ކުރުމަށް. ގަދަ އަޅާ މަަސއްކަތް ކުރައްވާ! ކާމިޔާބީ ދެއްވާނީ ﷲ.

– ޣައްސާން ވިދާޅުވިއެވެ.

އާއަހަރާއި މިއަދު ކުރިމަތިލާފައިވާއިރު، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ފެނިގެން ގޮސްފައިވަނީ މާޔޫސްކަމާއި، ހިއްދަތި މަންޒަރުތަކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. މަސްވެރިންގެ ހައްގުތައް ހޯދަައި ނުދެވުމާއި، ޒުވާނުންގެ ތެރެއިން އެތައް ބަޔަކު ވަޒީފާ ނެތި މަގުމަތި ވުމާއި، ބޯހިޔާވަހިކަން ނުލިބި އެތައް ބަޔަކު އަޑު އުފުލަމުން ދިއުމާއި، ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއްވެސް ނެތި އެތައް ބަޔަކު މިއަދު ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައި އުޅެންޖެހިފައިވާކަމީ ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން ފެންނަމުންދާ ހިއްދަތި މަންޒަރުތަކެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އަދި މިއަހަރަކީ ސަރުކާރު ޖަވާބުދާރީކޮށް، ޒިންދާރު ކުުރުމަށް ފާއިތުވެދިޔަ ތަނުގައި ނުކުރާހާ ބޮޑަށް މަސައްކަތްކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ އަހަރަކަށް ހަދާނެކަމަށް އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.