މަޝްހޫރު ފުޓުބޯޅަ ކޯޗު ސާންތި ނިޔާވެއްޖެ

މަޝްހޫރު ފުޓުބޯޅަ ކޯޗު ސާންތި ނިޔާވެއްޖެ

ގުޅުންހުރި

މަޝްހޫރު ފުޓުބޯޅަ ކޯޗު އިހްސާން ޢަބްދުލްޣަނީ (ސާންތި) މިރޭ ނިޔާވެއްޖެއެވެ. ރާއްޖޭގެ ފުޓްބޯޅަ ދާއިރާގެ އިސް ކޯޗެއް ކަމުގައިވާ ސާންތީ މިރޭ ނިޔާވިއިރު، އޭނާ ގެންދިޔައީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފާއިތުވި އަހަރުތަކުގައި ސާންތީ އައީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔައިރު ފުޓުބޯޅައިގެ ދާއިރާގައި ހަރަކާތްތެރި ވެފައި ވެއެވެ.

ދިވެހި ފުޓުބޯޅައިގެ ފަޚުރުވެރި ކޯޗެއް ކަމުގައިވާ ފަހުމީ އަބްދުﷲ "ސާންތީ" މިރޭ ނިޔާވިއިރު ފާއިތުވި އަހަރުތަކުގައި ސާންތީ ކެންސަރު ބައްޔާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން ގެންދިޔައެވެ. ބަލިޙާލަތުގައި ހުރިނަމަވެސް، އެންމެ ފަހު ވަގުތާ ހަމައަށްވެސް ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް އޭނާގެ ހުނަރާއި ވަގުތު ހޭދަކުރެއްވިއެވެ.

2023 ވަނަ އަހަރު ސާންތީގެ ބަލިޙާލަތު ގޯސްވުމާ ގުޅިގެން ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވިއެވެ. އޭގެފަހުން ރަސްމީ މަޤާމެއްގައި މަސައްކަތް ނުކުރި ނަމަވެސް، ދާދި ފަހުން ބޭއްވުނު އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުކަން އަދާކުރުމާއެކު، މިދިޔަ އަހަރު 16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗިން ސްޓާފަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.

ކޯޗިންގ ދާއިރާގައި ސާންތީ ފާހަގަކުރެވިފައިވަނީ ޒުވާން ކުޅުންތެރިންނަށް ޚާއްޞަ އިތުބާރެއް ކުރައްވާ، އެފަދަ ޓެލެންޓް ތަރައްޤީކުރުމުގެ ޚާއްޞަ ހުނަރު ލިބިފައިވާ ކޯޗެއްގެ ގޮތުގައެވެ. މިހާރުގެ ޤައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ސާންތީ އީގަލްސް ކްލަބްގައި ބިނާކުރި ވަރުގަދަ ޓީމުގެ މެންބަރުންނެވެ.

ދިވެހި ފުޓުބޯޅައަށް ސާންތީ ކޮށްދެއްވި ޚިދުމަތް ދިވެހި ޤައުމު ދުވަހަކުވެސް ހަނދާން ނައްތާނުލާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ