ޣައްޒާގެ ހަމައެކަނި ސްޕެޝަލައިޒްޑް ކެންސަރ ހޮސްޕިޓަލް އިސްރާއީލުގެ ބޮޑު ގޮވުމަކާއެކު ފުނޑު ފުނޑުކޮށްލައިފި

ޣައްޒާގެ ހަމައެކަނި ސްޕެޝަލައިޒްޑް ކެންސަރ ހޮސްޕިޓަލް އިސްރާއީލުގެ ބޮޑު ގޮވުމަކާއެކު ފުނޑު ފުނޑުކޮށްލައިފި

Author
ހުސައިން
22 މާރޗް 2025 08:05
0

އިސްރާއީލުން، ޣައްޒާގެ ހަމައެކަނި ކެންސަރަށް ޚާއްޞަ ހޮސްޕިޓަލް ގޮއްވާލައިފިއެވެ. މިއީ މެޑިކަލް ފެސިލިޓީއަކަށް އަމާޒުކޮށް އަނެއްކާވެސް ދިން ހަމަލާއަކަށްވުމާއެކު މިކަން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ކުށްވެރި ކޮށްފައެވެ.

ހުކުރު ދުވަހު ދިން މި ހަމަލާއާއެކު މެދުޣައްޒާގައި ހުރި ތުރުކީ-ފަލަސްޠީނު ފްރެންޑްޝިޕް ހޮސްޕިޓަލް ވަނީ ފަސްގަނޑަކަށް ހަދާލައިފައެވެ. މި ހޮސްޕިޓަލަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން މިހާރުވެސް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެކެވެ.

އިސްރާއީލުން ވަނީ ކެންސަރު ހޮސްޕިޓަލް ތަޅާލިކަން ކަށަވަރުކޮށްދީފައެވެ. އެފަރާތުން ބުނީ އެތަނަކީ ހަމާސް ބޭނުންކުރާ ތަނެއް ކަމަށެވެ. ނަމަވެސް މިކަމަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.