އަހަރުގެ ފުރަތަމަ ދުވަސް، ވިއްސާރަވެ، މޫސުން ގޯސް ދުވަހަކަށް!

އަހަރުގެ ފުރަތަމަ ދުވަސް، ވިއްސާރަވެ، މޫސުން ގޯސް ދުވަހަކަށް!

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 09:20
0

އާއަހަރަކާއި މިއަދު ކުރިމަތިލާފައިވާއިރު، މިއަދު ވެފައިވަނި މޫސުން ގޯސް، ވިއްސާރަ ދުވަހަކަށެވެ.

މާލެ ސަރަހައްދަށްވެސް ރޭ ފަތިހުން ފެށިގެން ދަނީ ވާރޭ ވެހެމުންނެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މުޅި ރާޢްޖެއަށް ގުގުރުމާއިއެކު މިއަދު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އެއިދާރާއިންވަނީ މިއަދު ހެނދުނު 07:30 ފެށިގެން 12:30 އާއި ހަމައަށް ބ އަތޮޅުން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓެނެރެފައެވެ. އަދި މިހާރު ވަނީ9:30 އިން15:00 އާއި ހަމައަށް ލ އަތޮޅުން ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށްވެސް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭމަކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މިއަދުގެ މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Neynge
Keeve thah foto negun manaa than than araa gothah foto nagaafa khabarah mi lanee