ވަގަށް އަނބު ބިނދެގެން 10 ދުވަހަށް ބަންދުކޮށްފި

ވަގަށް އަނބު ބިނދެގެން 10 ދުވަހަށް ބަންދުކޮށްފި

Author
ހުސައިން
19 މާރޗް 2025 10:46
0

ވަގަށް އަނބު ބިނުމުގެ ރިކޯޑް އޮތް މީހަކު އަނެއްކާވެސް ވަގަށް އަނބު ބިނުމުން 10 ދުވަހަށް ކޯޓުން ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަނބު ވަގަށް ނަގައިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާ މޫސާ ހަލީމްއެވެ.

ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ މި ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މޫސާ ހަލީމް ވަނީ ވަގަށް ނެގި އަނބު ކޮތަޅަކަށް އަޅައިގެން އުޅެނިކޮށް ހިފިފައެވެ. ހާދިސާގެ ސީނުގައި މޫސާ ހަލީމް ބުނީ، ތިމަންނަ މި އަނބުތައް ނެގީ ގެއަކުން ވަގަށް ކަމަށެވެ.

ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، މޫސާ ހަލީމްގެ އެންމެ ފަހުގެ ދެ ހައްޔަރުވެސް ގުޅިފައިވަނީ ވަގަށް އަނބު ނެގުމުގެ ކުށާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.