ފަސްޓް ލޭޑީ އެކްސް ބޭނުންކުރައްވަން ފައްޓަވައިފި

ފަސްޓް ލޭޑީ އެކްސް ބޭނުންކުރައްވަން ފައްޓަވައިފި

Author
ހުސައިން
17 މާރޗް 2025 07:56
0

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި އެކްސް ޕްލެޓްފޯމުގައި ހަރަކާތްތެރިވުމަށް ފައްޓަވައިފިކަން ފާހަގަކުރެވިއްޖެއެވެ. ނިމިދިޔަ އަހަރުގެ ޖުލައި މަހު އެކްސް އަދި ފޭސްބުކްގައި އެކައުންޓްތައް ހުޅުއްވާފައިވާ ފަސްޓް ލޭޑީ، އެންމެ ފަހުން ޕޯސްޓްކުރެއްވީ ސިޔާސީ މައްސަލައަކާ ގުޅިގެންނެވެ.

ފަސްޓް ލޭޑީގެ އެންމެ ފަހުގެ ޕޯސްޓްގައި، އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ. މި ޕޯސްޓްގައި ފަސްޓް ލޭޑީ ވިދާޅުވެފައިވަނީ "އެފަދަ ހަމަލަތަކާއި ފުރައްސާރަކުރުންތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ ފަސްޓް ލޭޑީ އެކްސް އަދި ފޭސްބުކް ދެ ޕްލެޓްފޯމްގައިވެސް ބޭނުންކުރައްވާފައިވަނީ އެއް ފޮޓޯއެއް ކަމެވެ. އަދި މި ޕްލެޓްފޯމްތަކުގައި ސިޔާސީ މައްސަލަތަކާ ގުޅޭގޮތުން ފަސްޓް ލޭޑީގެ ހަރަކާތްތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

މިއީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި އާންމުކޮށް ހަރަކާތްތެރިވުމުގެ ފެށުންކަމަށް ގިނަ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.