ޑީކޮންގެޝަން ޕްރޮގްރާމުގެ ދަށުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2ގެ މަގުތަކުން ދުވަސްވީ އަދި ބޭނުން ނުކުރާ 12 އުޅަނދު ޓޯވްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އުޅަނދުތަކަކީ ގިނަ ދުވަސްވަންދެން ބޭނުން ނުކޮށް މަގުތަކަށް ދޫކޮށްލާފައިވާ ވެހިކަލްތަކާއި، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިސްނަގައިގެން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިނިސްޓްރީން މިކަމުގެ މަޤްޞަދެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލޭގެ މަގުތައް އިތުރަށް ރައްކާތެރިކޮށް، ދަތުރުފަތުރު ކުރުމަށް ފަސޭހަ ތަނަކަށް ހެދުމެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތްތާނގައި މާލޭގެ އެހެން ސަރަޙައްދުތަކުގައިވެސް މިފަދަ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށާއި، މީގެ ސަބަބުން މާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުވެ، ޓްރެފިކް ތޮއްޖެހުން ކުޑަވެ، އަދި ޢާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.