ބީއެމްއެލްއިން ނީލަމުގައި ވިއްކާ ގޭގެ އަގު ދަށްކޮށްފި

ބީއެމްއެލްއިން ނީލަމުގައި ވިއްކާ ގޭގެ އަގު ދަށްކޮށްފި

ގުޅުންހުރި

ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ މ. ނާއިންފަރުއާ ގޭގެ ނީލަން ފެށޭ އަގު ދަށްކުރުމަށްފަހު ވިއްކާލުމަށް އަލުން އިއުލާން ކޮށްފިއެވެ.

792 އަކަފޫޓުގެ މި ގޯތި ވިއްކުމަށް މިހާރު ކަނޑައަޅާފައިވާ އަގަކީ 8 މިލިއަން ރުފިޔާއެވެ. މިއީ ކުރިން ސެޕްޓެމްބަރު މަހު ކަނޑައެޅި 13 މިލިއަން ރުފިޔާއަށްވުރެ 5 މިލިއަން ރުފިޔާ ދަށް އަގެކެވެ.

ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހެވެ. ހުށަހެޅުންތައް ލިބުމަށްފަހު، އެތަނަށް ހާޒިރުވެ ތިބޭ ފަރާތްތަކުގެ ހާޒިރުގައި ނީލަން ހުޅުވައި އެންމެ މަތީ އަގު އިއުލާނުކުރެވޭނެއެވެ.

ބީއެމްއެލްގެ އުސޫލުތަކާ އެއްގޮތަށް، އެންމެ މަތީ އަގު ކަނޑައެޅިފައި ވާނީ އެއަގަށް ބަދަލެއް ނައިސް ފަސް ދުވަސް ފާއިތުވުމުންނެވެ. ނީލަމުގެ ތަފްސީލުތައް ދުވަހުން ދުވަހަށް ބޭންކުގެ ވެބްސައިޓްގައި ޝާއިޢުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ