މާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

މާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

Author
ހުސައިން
16 މާރޗް 2025 12:41
0

މާލޭގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތުކުރެވެނީ ފިރިހެނަކަށް ކަމަށާއި، މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ.

ނަމަވެސް މިކަން ހިނގިގޮތުގެ އިތުރު ތަފްސީލު އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންގެ ފަރާތުން މައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ޢާންމުކުރާނެ ކަމަށް ބުނެފައިވެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދެވޭ މައްސަލަތަކެކެވެ. މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ފުލުހުންގެ ޚިދުމަތުން ޚާއްޞަ ހޮޓްލައިނެއް ޤާއިމުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.