އާއަހަރަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ވައިބާ ސްޓިކާތަކެއް ނެރެފި

އާއަހަރަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ވައިބާ ސްޓިކާތަކެއް ނެރެފި

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 11:19
0

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަރުމާކުރި ވައިބަރ ސްޓިކަރ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ނެރެދެއްވައިފިއެވެ.

މި ސްޓިކަރތައް ނެރެދެއްވާފައިވަނީ ކަޅުތުއްކަލާކޮށީގައި މާލޭ ފަޔަރ ސްޓޭޝަނުން އިންތިޒާމުކޮށްގެން އެ ސްޓޭޝަންގެ ސިފައިންނަށް ބޭއްވި ބްރޭވް ހާރޓް ފަޔަރ ފައިޓަރސް ޗެލެންޖް 2020 ގެ ތެރެއިންނެވެ.

މި ސްޓިކަރތައް ފަރުމާކޮށްފައިވަނީ އެފްއާރުއެސްގައި މަސައްކަތްކުރައްވާ ދެ ބޭކަލުން ކަމަށްވާ ވޮރަންޓް އޮފިސަރ 3 އާސިމް ރަޝީދު އާއި ސްޓާފް ސާޖަންޓް ފާރޫޤް އިސްމާޢީލް އެވެ.

ޖުމްލަ 24 ސްޓިކަރ ހިމެނޭ މި ސްޓިކަރ ޕެކޭޖުގައި ހިމެނޭ ސްޓިކަރތަކުން ދައްކުވައިދޭނީ އެފްއާރުއެސްއާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުމާއި އަލިފާން ނިއްވުމާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެފްއާރުއެސްގެ އިމަރޖެންސީ ނަންބަރުތަކާއި ތަފާތު ހޭލުންތެރިކަމުގެ މެސެޖުތަކެވެ.

މިއީ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމާއި އެފްއާރުއެސްގެ ހިލޭ ގުޅޭ ނަންބަރު 118 އިސްތިހާރު ކުރުމުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ފަރުމާކުރެވުނު ސްޓިކަރ ތަކެކެވެ. މި ސްޓިކަރތައް މި ޖަނަވަރީ މަހު 1 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ބޭނުންކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.